އެންޖީއޯ ލީޑަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފި

ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ހިންގުންތެރިން ހަރުދަނާކޮށް، ލީޑަރޝިޕް ހުނަރުތައް ތަރައްގީކުރުމަށް ބާއްވާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 3 ވާ އަންގާރަ ދުވަހުއެވެ.

ލިލީ މަގުގައި ހުންނަ "ޔޫތު ހަބް"ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އޮންނާނީ އެ ދުވަހުގެ ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހިންގުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ފެބުރުވަރީ މަހުގެ 2 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކަނޑައެޅިފައިވާ ކިއުއާރް ކޯޑު ސްކޭންކޮށް ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން އެދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް