27 ރަށަކަށް އެމްބިއުލާންސް ހަވާލުކުރެވިއްޖެ: އެމްޕީއެލް

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 27 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

އެމްޕީއެލް އިން ވަނީ ރާއްޖެ ގެނައި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ވަނީ މިހާރު ފަށައިފައެވެ.

'" މިނިސްޓްރީ އޮފް ހެލްތުން އެމްޕީއެލްއާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައިވާ 56 އެމްބިއުލަންސްގެ ތެރެއިން 27 ރަށަކަށް މިކުންފުނިން މިހާރު ވަނީ އެމްބިއުލަންސް ފޯރޫކޮށްދީފަ"' އެމްޕީއެލް އިން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވެއެވެ.

 

މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް