ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް މިވަގުތު ކުޑަ: އެޗްޕީއޭ

ނިޕާ ވައިރަހުގެ ނުރައްކާ ރާއްޖެއަށް މިވަގުތު ކުޑަ ނަމަވެސް، ހާލަތު މޮނީޓާކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ނަމަވެސް، އެ ބަލި ފެނިފައިވާ އިންޑިއާގެ ވެސްޓް ބެންގޯލް ސަރަހައްދަށް ދަތުރުކުރާ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނާ ގުޅިގެން އަޅާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އެޗްޕީއޭއިން ބުނީ މި ވަގުތު ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ކުޑަ ނަމަވެސް، އެ އިދާރާއިން ދަނީ ހާލަތު މޮނިޓާ ކުރަމުން ކަމަށެވެ. އަދި މި ބައްޔާ ގުޅޭ ގޮތުން އެއްވެސް ކޭސްއެއް އަދި ކޮންޓެކްޓުވި އެއްވެސް ފަރާތެއް ރިޕޯޓުކޮށްފައި ނުވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. ނަމަވެސް، ބަލި ފެނިފައިވާ ވެސްޓް ބެންގާލް ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް، ކަމާ ގުޅޭ އިދާރާތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން އެ އޭޖެންސީން އަޅަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ނިޕާ ވައިރަހަކީ ޓެރަޕޯސް އާއިލާގެ ވާލުންނާއި އޫރުން އިންސާނުންނަށް ފެތުރޭ ބައްޔެކެވެ. މި ބާވަތުގެ ވާ ކައިފައިޗާ މޭވާ ނުވަތަ ވާލުގެ ކުޅު ނުވަތަ ކުޑަކަމުދާ އެއްޗެހި ޖެހިފައިވާ މޭވާއާއި ތަރުކާރީ ފަދަ ތަކެތި ބޭނުން ކުރުމުން އިންސާނުންނަށް ބަލި ފެތުރެއެވެ. އަދި ބަލި ޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. ބަލި ޖެހޭ މީހުންގެ ފަރާތުން އާންމުކޮށް ފެންނަ އާންމު އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން، ކެއްސުން، ކަރުގައި ރިއްސުން އަދި ނޭވާލާބް އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރު ބަލި ބޮޑުވަމުންދާ ވަރކަށް ބައެެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް، ވާނުވާ ނޭނގުން، ނުވަތަ ފިޓު ޖެހުން ހިމެނެއެވެ. އެ ބަލި ޖެހޭ ބައެއް މީހުންނަށް އެއްވެސް އަލާމާތެއް ނުފެނި ވެސް ހިނގައިދާނެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް