މިރޭ މާލޭގައި ހަވާ އަރުވަނީ

މާލޭގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026''ގައި ގައުމީ ފުޓްސަލް ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 22:15އާއި 22:45އާ ދެމެދުގެ ވަގުތެއްގައި އާޓިފިޝަލް ބީޗާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށްކަަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް