ތޮއްޑޫ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދުކަނދުފަތި ޤާއިމްކޮށްފި

އއ. ތޮއްޑޫ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި ވަދުކަނދުފަތި ޤާއިމްކޮށްފިއެވެ.

މި ވަދު ކަނދުފަތީގެ ނަންބަރަކީ H08V01-01 އެވެ.

މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

04° 29.500'N

72° 55.000'E

މި ވަދު ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެއެވެ. މި ވަދު ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް އެ މުޒާރާއިން ވަނީ ފަށާފައެވެ.

ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މިގޮތުން ގާއިމުކުރާ ފުރަތަމަ ސެންޓަރު ށ. ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް