ވޯކް ޕާމިޓް ހަދައިދޭ ކަމަށް ބުނެ މަނީލޯންޑަކުރުމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާއްޖޭގައި މަސައްކަތް ކުރުމަށް ވޯކް ޕާމިޓް ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން، އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުގައި ހަ ބިދޭސީއަކު މިދިޔަ މަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި މީހުން ހައްޔަރުކުރީ، ރާއްޖޭގައި މަސައްކަތްކުރަން ވޯކް ޕާމިޓް ހޯދައިދޭކަމަށް ބުނެ އޮޅުވައިލައިގެން އެހެން ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި މަނީ ލޯންޑަރިންގްގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށެވެ.

އެ މީހުންގެ ތެރެއިން މުޙައްމަދު އިމޮން ކަޒި އާއި ކަޒި ރައިހާނާއި، މުޙައްމަދު ޔޫސުފް ޕްރޮދަން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 22 ވަނަ ދުވަހެވެ. އަފްޖަލް ހޮސައިން އާއި ޙަބީބުއްރަޙްމާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު 23 ވަނަ ދުވަހެވެ. މުޙައްމަދު ޙަނީފް ބަޕަރީ ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 30 ވަނަ ދުވަހެވެ.

މުޙައްމަދު އިމޮން ކަޒީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު، 10 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އަފްޖަލް ހޮސައިން އަދި ޙަބީބުއްރަޙްމާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން މިދިޔަ ހުކުރު ދުވަހު، 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ. މުޙައްމަދު ޙަނީފް ބަޕަރީގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން މި މަހުގެ 15ވަނަ ދުވަހު، 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އަދި ކަޒި ރައިހާން އާއި މުޙައްމަދު ޔޫސުފް ޕްރޮދަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މި މަހުގެ 12ވަނަ، 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް