36 ގުރާމުގެ ޑްރަގާއެކު އޭދަފުށިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. އޭދަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. އޭދަފުށި / ބަށިމާގެ، މުޙައްމަދު ރައްޝާމް (27އ) އެވެ. ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ބުނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކާއި ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި މި މަހު 22 ވަނަ ދުވަހު އޭދަފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި މުޙައްމަދު ރައްޝާމް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާ އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމު ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް