ދިއްދޫގެ 41 ހެކްޓަރުގެ ބިން ހިއްކައިފި
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.

އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއޭސީއެލް އިން މިއަދު ބުނީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ %36.61 ކަމަށެވެ.

އެމްއޭސީއެލްގެ އަމާޒަކީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ.

އެމްއޭސީއެލް އިން ދިއްދޫ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ 5 ޖެނުއަރީ 2026ގަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް