ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ގދ. ފިޔޯރީއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު ފިޔޯރީއަށް ވަޑައިގަތީ '"ބީފާން 2026"" ވޮލީ ބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށެވެ. އެގޮތުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ""ބީފާން 2026"' ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދުﷲ މުއްޠަލިބު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.





