ކަރާޗީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސްގެ ތައުޒިޔާ

ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ޙާދިސާގައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެޙްބާޒް ޝަރީފަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ކަރާޗީގެ ގުލް ޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގައި މަދުވެގެން 26 މީހުން މަރުވެ 80 މީހަކު ގެއްލިފައިވެ އެވެ.

ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ގައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައި ވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސް ވަނީ ހަމްދަރުދީ ފޮނުއްވާފައި ވެއެވެ.

ރައީސްގެ މެސެޖުގައި މި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މި ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް