ވިލުފުށީގައި މަސްވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ތ. ވިލުފުށި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވިލުފުށި ކައުންިސލުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ވިލުފުށީގެ މަސްވެރީންނަށް މިހާރު ދިމާވެފައިވާ ދަތިތައް ކައުންސިލުން ވަނީ ހިއްސާކުރައްވައި، އެކަންކަމަށް އަވަސް ހައްލެއް ގެނައުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ‏މި ބައްދަލުވުމުގައި، ރަށުގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ ސްޕޯޓްސް ފިޝިންގ ކަނދުފަތީގެ މަސައްކަތް އަވަސްކޮށްދިނުމާ ގުޅޭ ގޮތުން ވަނި މަޝްވަރާކުރައްވާފައެވެ. އަދި މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި ވިލުފުށީގައި ކުރެވިދާނެ މަސައްކަތްތަކާއި އަދި މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުޞަތުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް އަދި ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިލުފުށި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އާއި ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް