އެއާޕޯޓުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ލަންކާ ދެމީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިމަހު ދިހަ ވަނަ ދުވަހު ވީއައިއޭގައި ހަމަނުޖެހުން ހިންގި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ސްރިލަންކާއަށް ނިސްބަތްވާ ދެ މީހެކެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރިލަންކާއަށް ނިސްބަތްވާ ތިލަކް ސޮމަޗަންދުރަ މައްދަލަވެ ކަންކަނަމަލަގެ(43) އާއި ޕްރިޔަންތަ ސިލްވަ ދެވަނިއްތިގެ(46) އެވެ.

އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ފުލުހުން ދަނީ އެމައްސަލަ ތަހުގީގުކުރަމުންނެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް