56 ރަށަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފި

އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ މިނިސްޓްރީ އޮފް ހެލްތުން ޙަވާލުކޮށްގެން އެމް.ޕީ.އެލް އިން ރާއްޖެ ގެނައި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ކުންފުނިން ވަނީ މިހާރު ފަށައިފައެވެ.

'" އެމް.ޕީ.އެލްއާ 2025 ވަނަ އަހަރު ކޮންޓުރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން ޙަވާލުކުރި މަސައްކަތުގެ ތެރެއިން ޖުމްލަ 56 އެމްބިއުލަންސް ވަނީ ރާއްޖެ ގެނެސްފައެ"' އެމްޕީއެލް އިން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައިވެއެވެ.

56 އެމްބިއުލާންސް ގެނައުމުގެ މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ތެރެއިން މިދިޔަ އަހަރު ހަވާލު ކުރެވުނު މަސައްކަތެކެވެ.

މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 3 ބުރަކަށް ބަހާލައިގެން އެމްޕީއެލްއިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލާންސްތަކެއް ރާއްޖެއަށް ގެނެސްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް