ރިހެބިލިޓޭޝަންގެ ދާއިރާގައި މަސައްކަތްކުރާ އޮފިސަރުން ތަމްރީނެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން، 'ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ'ގެ ނަމުގައި ޓްރޭނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ހިންގައިފިއެވެ.

މި މަހުގެ 18 އިން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދިޔަ މި ޓްރޭނިންގ ޕްރޮގްރާމްގައި ޤައިދީންގެ ރިހެބިލިޓޭޝަން ދާއިރާގައި މަސައްކަތްކުރާ 14 އޮފިސަރުން ބައިވެރިވެފައިވެއެވެ.

ކަރެކްޝަނުން ބުނީ މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމާއި 'ރިސްކް، ނީޑް އެންޑް ރެސްޕޮންސިވިޓީ' (އާރްއެންޑްއާރް) މޮޑެލް ފަދަ ބައިނަލްއަޤްވާމީ މިންގަނޑުތައް ބޭނުންކޮށްގެން، އެކި ބާވަތުގެ ކުށްތަކުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޚާއްސަ ކޮމިއުނިޓީ-ބޭސްޑް ސްޓްރެޓެޖީތަކެއް އެކުލަވާލައި އަދި ތަންފީޛުކުރުން ކަމަށެވެ.

މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ޓެޓްރާޓެކްގެ ޕްރިޒަން އެކްސްޕަރޓް މިސްޓަރ ޓޯނީ ހެސަލްއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް