ހާފިޒުން ދަސްވެނިވުމުގެ ޙަފްލާ މާރޗް އެކެއްގައި ބާއްވަން ނިންމައިފި

ހާފިޒުން ދަސްވެނިވުމުގެ ޙަފްލާ މި އަހަރު އޮންނާނީ ރަމަޟާންމަހުގެ 12ވާ އާދީއްތަ ދުވަހުގެ ރޭ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން  ބުނެފި އެވެ.

ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު  ވިދާޅުވި ގޮތުގައި ހާފިޒުން ދަސްވެނިވުމުގެ ޙަފްލާ މި އަހަރު އޮންނާނީ ރަމަޟާންމަހުގެ 12ވާ އާދީއްތަ ދުވަހުގެ ރެއެވެ.

އެއީ އަންނަ މާރިޗް މަހުގެ ފުރަތަމަ ދުވަހެވެ.

ހާފިޒުން ދަސްވެނިވުމަށް ވަކި ޙަފްލާ އެއް ބާއްވަން ފެށީ މި ސަރުކާރުންނެވެ.

އަދި ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައެވެ.

ވަޒީރު އަދި ވިދާޅުވީ އަންނަ ރޯދަ މަހު އޮންނަ ހަފްލާގައި ފަންސާހެއް ހާފިޒުން ދަސްވެނިވާނެ އެވެ. އެންމެ ފަހުން އޮތް ރަސްމިއްޔާތުގައި ދަސްވެނިވީ 24 ހާފިޒުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް