އަރިދަފުސް ރޯގާއާ ގުޅިގެން އައިޖީއެމްއެޗުގައި ފުލޫ ކްލިނިކެއް ޤާއިމްކޮށްފި
ހުމާއި އަރުދަފުސް ރޯގާ ހުންނަ ހުރިހާ ފަރާތްތަކަށް ޚާއްސަކޮށް ފުލޫ ކްލިނިކެއް އައިޖީއެމްއެޗުން ޤާއިމްކޮށްފިއެވެ. އައިޖީއެމްއެޗުން މިއަދު ނެރުނު ޚާއްޞަ ދެންނެވުމުގައި ބުނެފައިވަނީ މި ކްލިނިކްގެ ޚިދުމަތް (ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުން) ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިން ލިބޭނެ ކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކަށް ވަޑައިގަންނަވާ ހުރިހާ ބޭފުޅުންވެސް ފުރަތަމަ ވަޑައިގަންނަވާނީ އީ.އާރް ޓްރައިޖަށް ކަމަށެވެ. އަދި ކިޔުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަންބަރެއް ނެންގެވުމުން، ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ވަޑައިގަތުމަށް ޓްރައޭޖްއިން އިރުޝާދު ދެއްވާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް