ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

ހަތަރު މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކ. ވާދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ މަޢުލޫމާތު މިއަދު 07:27 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވާ ކަމަށާއި، އަނެއް ދެ މީހުން މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. މިގޮތުން ގެއްލިފައިވަނީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި، ގެއްލުނު މީހުން ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް