ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތް ނުކުރަން އަންގައިފި
އަންނަ އާދިއްތަ ދުވަހުގެ ކުރިން ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތްތައް ހުއްޓާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފި އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ވަނީ ފައިބަރު މަސައްކަތް ކުރުމަކީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަކަށްވާތީ ހުޅުމާލޭ ފަޅުތެރޭގައި ފައިބަރުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވާފަ އެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި މިފަދަ މަސައްކަތްތައް ކުރަމުންދާ ނަމަ އެފަރާތްތަކުން މިމަހުގެ 18ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ މިފަދަ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކަށް ބަދަލުކުރުމަށް އެޗްޑީސީ އިން ވަނީ އަންގާފަ އެވެ.

އެ މުއްދަތުގެ ކުރިން މިފަދަ މަސައްކަތްތައް ހުއްޓާލާފައި ނުވާނަމަ މެރިން ޕޮލިސް އާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެޗްޑީސީ ވަނީ ބުނެފަ އެވެ.

އެޗްޑީސީން މިފަދަ އިއުލާނެއް ކުރިއިރު، ވިލިމާލޭ ރައްޔިތުން ފައިބަރު މަސައްކަތް ކުރުމަށް، ހަ މަސްދުވަހުގެ ތެރޭގައި ތިލަފުށިން ޖާގަ ދޫކުރަން ފަށާނެކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިފަހުން ވިދާޅުވެފައިވާކަން ފާހަގަކުރެ ވެއެވެ.

⁦0%⁩
⁦0%⁩
⁦0%⁩

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް