ތައިލޭންޑުގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތައިލޭންޑުގެ ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލްއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ތައިލެންޑް ސަރުކާރަށާއި، މި ހާދިޘާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވިއެވެ.

އަދި މި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް