ގިނަ އަދަދެއްގެ މީހުންނާއެކު ފެރީއެއް ފަރަށް އަރައިފި
72 މީހުން ގޮވައިގެން ކ. މާފުއްޓަށް ދަތުރުކުރި ދޯނި ފެރީއެއް ފަރަށް އަރައިފި އެވެ.

މެރިން ޕޮލިސްގެ ބުނީ 72 މީހަކު ގޮވައިގެން މާފުއްޓަށް ދަތުރުކުރި ފެރީގެ އިންޖީނު ހުއްޓި، އެނބޫދޫ ފަރަށް އެރީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. އެ ފެރީން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ފެރީގައި ތިބީ 67 ޓޫރިސްޓަކާއި ތިން ދިވެއްސަކާއި ބިދޭސީ ދެ ފަޅުވެރިއަކު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ފެރީ ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް