ދ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ޓޮބޭކޯ ސެޒޭޝަން ތަމްރީން ދީފި
ދ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ޓޮބޭކޯ ސެޒޭޝަން ތަމްރީން ދީފިއެވެ. މިއީ އަތޮޅު ހޮސްޕިޓަލުން ދުންފަތުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ދޭ ފަރުވާގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީން ޕްރޮގްރާމުގައި ޑޮކްޓަރުންގެ އިތުރުން ޞިއްހީ ޚިދުމަތް ދިނުމަށް މަސައްކަތް ކުރާ މުވައްޒަފުން ބައިވެރިވިއެވެ. ރާއްޖޭގައި ތުންފަތް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭޕް މިހާރު ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ދުންފަތުން ދުރުހެލިވާން ބޭނުންވާ މީހުންނަށް ދެވޭ ފަރުވާ މުޅި ރާއްޖޭގައި ވަނީ ފުޅާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް