"ބެލެނިވެރިންގެ ސައްލާ" އަންނަ އަންގާރަ ދުވަހު

"ބެލެނިވެރިންގެ ސައްލާ"ގެ ނަމުގައި ހާއްސަ ސެޝަނެއްމި މަހު 20 ވާ އަންގާރަ ދުވަހު ބޭއްވުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ މި ސެޝަންގައި ޑިޖިޓަލް ޒަމާނެއްގައި ބެލެނިވެރިކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭނެ ކަމަށާއި، ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ޔޫތު ހަބުގައި ކަމަށެވެ.

އެ ވުޒާރާއިން ބުނީ "ބެލެނިވެރިންގެ ސައްލާ"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެއް ކަމަށެވެ.

އަދި މި ސެޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު ކުރުމަށްވެސް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް