ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އެތުލީޓުން ތަމްރީންކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ކުށުގެ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަަމަށް ބުންޏެވެ. މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް