ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ޝަމާޙް ވަކިކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު ވަކިކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެ މަޤާމުން ވަކިކޮށް، މިފްކޯގެ ސީއީއޯގެ މަޤާމުގައި ކުރިން ހުންނެވި ޝަމާޙް ސްޓެލްކޯގެ އެމްޑީގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ޝަމާޙް ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރުމާ ގުޅޭ އިތުރު ތަފްޞީލެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް