ވީއައިއޭގެ ބަޔަކު ހަމަނުޖެހުން ހިންގި މައްސަލައެއް ބަލަނީ

ވީއައިއޭ ޓެކްސީ ކިޔޫގައި ބަޔަކު ޒުވާބުކޮށް ހަމަނުޖެހުން ހިންގައިފިއެވެ.

ފުލުހުން މިއަދު ބުނީ ވީއައިއޭގެ ޓެކްސީ ކިޔޫ ސަރަހައްދުގައި ދެ ބައެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާކަމުގެ މަޢުލޫމާތު ރޭ ދަންވަރު 12:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހާޒިރުކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް