ހައިކޯޓުގެ ފަރާތުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ޙުޒައިފާ

ޖޭއެސްސީގެ ގާނޫނުގެ ދަށުން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި 2026 ވަނަ އަހަރު ހައިކޯޓުން ބައިވެރިވެވަޑައިގަންނަވާނީ ފަނޑިޔާރު އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ކަމުގައި ހަމަޖައްސަވައިފިއެވެ.

ހައިކޯޓުން މިކަން އިޢުލާންކޮށްފައިވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޖޭއެސްސީގެ ޤާނޫނުގައިވާ ގޮތުން ފަނޑިޔާރުންނާ ގުޅޭ ޝަކުވާގެ މައްސަލަތަކާ ގުޅިގެން އިސްތިއުނާފުކުރެވޭ މައްސަލަތައް ބެލުމަށްޓަކައި، 3 (ތިނެއް) ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް، ކޮންމެ ޖުޑީޝަލް އަހަރަކަށް ކަނޑައަޅަންވާނެއެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ފިޔަވައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރަކާއި، ސުޕީރިއަރ ކޯޓެއްގެ ފަނޑިޔާރަކު ހިމަނަންވާނެ ކަމަށާއި، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރަކު ހިމަނައިގެން ނުވާނެ ކަމަށްވެސް ޖޭއެސްސީގެ ޤާނޫނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް