ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ މެލޭޝިޔާ އަދި ލަންކާގައި އެކަނި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓް ފޮށިތައް ހުންނާނީ އަވައްޓެރި ސްރީ ލަންކާ އަދި މެލޭޝިޔާގައި އެކަނި ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

ރާއްޖޭން ބޭރުގައި ބަހައްޓާ ދެ ފޮށީގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ އިއުލާންކޮށްފަ އެވެ. އެ އިއުލާނުގައިވާ ގޮތުން، މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރާއި ސްރީ ލަންކާގެ ވެރިރަށް ކޮލޮމްބޯ ފިޔަވައި އެހެން ބޭރުގެ އެއްވެސް ތާކު ވޯޓު ފޮށްޓެއް ނުބައްޓާނެއެވެ.

މީގެ ކުރިން، ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިޔާގެ ޓްރިވެންޑްރަމް، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގައިވެސް ވޯޓު ފޮށި ބަހައްޓައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް