ރަމަޟާން މަހު 30 ހާފިޒުން ދަސްވެނިވާނެ: މިނިސްޓަރ

މި އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާފިޒުންގެ އަދަދު 291 އަށް އަރައިފި ކަމަށެވެ.

ކަމަށާއި ރޯދަމަސް ކުރިން 300 އަށް އަރާނެކަމަށެވެ. މިދިޔަ ރަމަޟާން މަހު 24 ހާފިޒުން ދަސްވެނިވިކަމަށާއި މިނިސްޓްރީގެ އަމާޒަކީ މި 5 އަހަރު ތެރޭ ހާފިޒުންގެ އަދަދު 500 އަށް އަރުވަން މަސައްކަތްކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިވަގުތު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1500 އަށް ވުރެ ގިނަ ފަރާތްތަކުން ޤުރުއާން ހިތު ދަސްކުރަމުން އެބަގެންދާ ކަމަށާޢި މިއީ ތާރީޚީ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ އަދަދެއް ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މިދިޔަ އަހަރު ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރައްވާފައެވެ.. އަދި މި ދިޔަ އަހަރުން ފެށިގެންވަނީ ހާފިޒުން ދަސްވެނިވުމަށް ޚާއްޞަ ޙަފްލާއެއް ބާއްވަން ފަށާފައެވެ. މި ހަފްލާ ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް