އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވާލަނީ

އއ. އުކުޅަހުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވައިލުވުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދު ފެށި މި މަސައްކަތަކީ އއ. އަތޮޅުގެ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މަސައްކަތް ކުރިއަށް ގެންދަނީ އުކުޅަހު ޕޮލިސް ޕޯސްޓުން އިސްނަގައިގެން ރަށު ކައުންސިލުގެ އެހީތެރިކަމާއެކު ކަމަށާއި، މި މަސައްކަތުގެ ތެރެއިން، ރަށުގެ ގޭބިސީތަކުގައި ދިރިއުޅޭ ބިދޭސީންނާއި ގެސްޓު ހައުސްތަކުގައި މަސައްކަތް ކުރާ ބިދޭސީން އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަންތަނުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މި ހަރަކާތުގެ ތެރެއިން، ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލުމުގެ މަސައްކަތް ވެސް މިއަދު ކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިގޮތުން  ގެސްޓްހައުސްތަކުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ ސިސްޓަމްތަކުގެ ހާލަތު ދެނެގަތުމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ރަނގަޅަށް ހުރިތޯ ބަލާފައިވާއިރު، އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް