ފިރިހެނަކު އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފި

މާލޭގައި މާރާމާރީއެއް ހިންގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭ ގަލޮޅު، ހަލަވެލި ގޯޅީގައި ބަޔަކު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެއް މިއަދު 20:59 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައާ ބެހޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާން ފިރިހެނަކު އޭނާއަށް ވުރެ އުމުރުން ދުވަސްވީ އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކުރެއެވެ. އަދި އިތުރު ފިރިހެނަކު އޭނާ ހުއްޓުވުމުގެ މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ނަމަވެސް މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް