14 ރަށެއްގެ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއަށް

14 ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ 14 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަޙްމަދު ސަޢުދީއެވެ

އެމްޓީސީސީއާ މިއަދު ހަވާލުކުރި މަޝްރޫއުތައް:

  1. ނ. ހެނބަދޫ - ބިންހިއްކުމާއި ގޮނޑުދޮއް ހިމާޔަތްކުރުން
  2. ނ. ހޮޅުދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  3. ގއ. ކަނޑުުހުޅުދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  4. ދ. ބަނޑިދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  5. ނ. މާފަރު - ހިއްކި ބިމުގައި ގޮނޑުދޮށް ހިމާޔަތްކުރުން
  6. ރ. އުނގޫފާރު - ބަނދަރު ތަރައްގީކުރުން
  7. ހއ. މުރައިދޫ - ބަނދަރު ބޭރުތޮށި ތަރައްގީކުރުން
  8. ހއ. އިހަވަންދޫ - އާޓީފިޝަލް ބީޗް ތަރައްގީކުރުން
  9. ނ. މާޅެންދޫ - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  10. ރ. އަލިފުށި - އިންސަޓްރިއަލް ޒޯން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  11. ހއ. ފިއްލަދޫ - ގޮނޑުދޮށް ހިމާޔަތްކުރުން
  12. ހއ. ވަށަފަރު - ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
  13. ކ. ގާފަރު - ގޮނޑުދޮށް ހިމާޔަތް ކުރުން
  14. ގދ. ފަރެސްމާތޮޑާ - މަގުހެދުން (ދެވަނަ ފިޔަވަހި)

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް