އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާއަށް ރުހުން ދީފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ރައީސް ކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޖަލްސާއަށް ހާޒިރުވީ 38 މެންބަރުުންނެވެ. މަޖިލިސް ޗުއްޓީގައި އޮތުމުން، ބައެއް މެންބަރުން އަދިވެސް ތިބީ ރަށުން ބޭރުގަ އެވެ. އިއްޔެ ޖަލްސާއަށް ވަޑައިގެންނެވީ ޕީއެންސީގެ 46 މެންބަރަކާއި އެމްޑީޕީގެ ފަސް މެންބަރުންނާ އެކު 50އަކަށް މެންބަރުންނެވެ.

މިއަދު ބޭއްވީ ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގަ އެވެ. އެޖެންޑާގައި އޮތީ ހަމަ އެކަނި ރަމީލާ އެޗުއާރުސީއެމްއަށް އައްޔަން ކުުރުމާ ގުޅޭ ވޯޓެވެ. އެ ވޯޓަށް ފަހު، ޖަލްސާ ވަނީ ނިންމާލާފަ އެވެ.

މިއީ ގާނޫނާ ހިލާފަށް ބާއްވާ ޖަލްސާތަކެއް ކަމަށަް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ މި ޖަލްސާތައް ބޮއިކޮޓް ކުުރުމަށް ނިންމާފަ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް