ޑްރަގާއެކު ކުޅުދުއްފުށިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށި ސިޓީން ދެ މީހުން ހައްޔަރުކޮށްފިއެވެ.

މިގޮތުން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަން / މުރިނގު، އަޙްމަދު ޢަބްދުއްރައްޒާޤު (35އ) އާއި ހޮސައިން ރިއާޒް، ބަންގްލަދޭޝް (28އ) އެވެ.

ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަބްދުއްރައްޒާޤު ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ މަގުމަތިން ކަމަށާއި، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރުކޮޅު ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ހޮސައިން ރިއާޒް ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީ މަގުމަތިން ކަމަށާއި، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން މި ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރުކޮޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ މީީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޢަބްދުއްރައްޒާޤު 15 ދުވަހަށް އަދި ހޮސައިން ރިއާޒް ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް