މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ބިލެއް ހުށަހަޅަން ތާވަލުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މެންބަރުންނަށް ފޮނުވި އެޖެންޑާގައިވާ ގޮތުން، ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރު ފަރާތުން މާދަން ތިން ބިލެއް ހުށަހަޅާނެ އެވެ.

އަދި އެ ބިލުތަކަށް ބަހުސްކުރަން ވެސް ފަށާނެ ކަމަށް އެޖެންޑާގައި ވެއެވެ. މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓްގެ ބިލަށް ވޯޓަށް އަހަން ވެސް އޮތީ ނިންމައިފަ އެވެ.

މަޖިލީހުން ދެ މަހުގެ ޗުއްޓީއަށް ދިޔައީ މިދިޔަ މަހު ކުރީކޮޅު އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން އެދޭ ނަމަ، ދައުރުން ބޭރުން ޖަލްސާ ބޭއްވޭނެ އެވެ.

ޗުއްޓީއަަށް ފަހު، މި އަހަރަށް މަޖިލިސް ހުޅުވޭނީ އަންނަ މަހު އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް