74،000 މެންބަރުންނާއެކު ޕީއެންސީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް

އެންމެ ގިނަ މެންބަރުންނާ އެކު، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އާންމުކުރި ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުތަކުން ދައްކާގޮތުގައި ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ. ދެން އެންމެ ގިނަ މެންބަރުން ތިބީ، 43،784 މެންބަރުންނާއެކު އިދިކޮޅު އެމްޑީޕީގަ އެވެ.

މީގެ އިތުރުން ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަކީ:

  • ޖޭޕީ - 12،343 މެންބަރުން
  • އެމްޑީއޭ - 9،686 މެންބަރުން
  • އަދާލަތު ޕާޓީ - 8،267 މެންބަރުން
  • އެމްއެންޕީ - 5،133 މެންބަރުން
  • ޕީއެންއެފް - 3،012 މެންބަރުން
  • ދަ ޑިމޮކްެރެޓްސް - 2،952 މެންބަރުން
  • އެމްއެލްއެސްޑީޕީ - 1،710 މެންބަރުން

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް