އެފްޑީސީގެ ފްލެޓްްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓުގެ ހުރިހާ ޓަވަރެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރެޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ބުނީ އަމާން އުދަރެސް އަދި އަމާން ހިޔާގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި ޓެސްޓް ކުރުމާއި ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހުރިހާ ފްލެޓަކަށް ފެން ފޯރުކޮށްދިނުމަށް ވޯޓަރ ބޫސްޓިން ސިސްޓަމްތައް ގާއިމުކޮށް ނިމިފައިވާ ކަމަށްވެސް ބުނެއެެވެ.

މި މަސައްކަތްތަކާއެކު މިހާރު ހުރިހާ ފްލެޓަކަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އަމާން އުދަރެސް އަދި އަމާން ދޯދީގެ ފެނުގެ ޚިދުމަތް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިދިޔަ ޑިސެމްބަރު މަހު ނިމިފައިވާ ކަމަށް އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމާއެކު އެ ފްލެޓުތަކުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް