ޔާމީން މަރު: ހުކުމްތައް ބާތިލުކޮށް ހަތަރު މީހެއްގެ މައްސަލަ އަލުން ބަލަން އަންގައިފި

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުން ހިމެނޭހެން، އެ މައްސަލާގައި ހިމެނޭ ހަތަރު މީހެއްގެ މައްޗަށް އިއްވި ހުކުމުތައް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ޔާމީން މަރާލުމުގެ ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނީ ދެ މީހެކެވެ. ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތެއްނުވެ އެވެ. ކުށް ސާބިތުވި ދެ މީހުންނަކީ:

  • އިސްމާއިލް ހައިޝަމް ރަޝީދު، ހ. އަންނާރުމާގެ
  • އަހުމަދު ޒިހާން އިސްމާއިލް، ހުޅުމާލޭ ލޮޓް 11399

އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި މި ދެމީހުންގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުން، މިއަދު ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ، އެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކުރި ހުކުމް ބާތިލުކޮށް، މައްސަަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފަ އެވެ.

މީގެ އިތުރުން، ކުށް ސާބިތުނުވި ހަތަރު މީހުންގެ ތެރެއިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން، ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ދެ މީހުންގެ ހުކުމް ވެސް ހައި ކޯޓުން ވަނީ މިއަދު ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަންގާފަ އެވެ. ކުށް ސާބިތުނުވުމުން ޕީޖީން އިސްތިއުނާފުކުރި ދެ މީހުންނަކީ:

  • މުހައްމަދު ދިފްރާން، ގދ. ގައްދޫ/ސިންދުބާދުގެ
  • އިސްމާއިލް ރަޝީދު މ. ތާއިފް

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް