ހޯރަފުށީގެ މޯލްޑިވިއަން އޮފީހުން ވައްކަންކޮށްފި

ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފި އެވެ.

ފުލުހުން ބުނީ، ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑު ކަމަށެވެ. މި މައްސަލަ ހުށަހަޅާފައިވަނީ، ރޭ ދަންވަރު 3:58 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް