ހައިސްކައި އެއާލައިން އިން އާ ޓާމިނަލުން ހިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޮޓުގެ އައު ޕެސެންޖަރ ޓަރމިނަލުން ހައިސްކައި އެއާލައިނއަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ވީއައިއޭ ޓަރމިނަލް 1އިން ހައިސްކައި އެއަރލައިނަށް ޚިދުމަތް ދޭން ފެށުމަށް ޓަރމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕުގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރެވެ.

މި ރަސްމިއްޔާތުގައި ވޮޔޭޖަސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒް މަންސޫރުއާއި، ހައިސްކައިގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ޓަރމިނަލް 1އިން ހައިސްކައިއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން ޓަރމިނަލަށް ކައިރިކުރި ހައިސްކައިގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 222 ފަސިންޖަރުންނަށް ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

ހައިސްކައިއާއެކު ޓަރމިނަލް 1 އިން މިހާރު 38 އެއަރލައިނަކަށް ދަނީ ޚިދުމަތް ދެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް