ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ. ކަސްޓަމްސްއިން ވިދާޅުވާ ގޮތުގައި އެމްޕީއެލް ބަނދަރުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާނެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މިތަކެތި އެެތެރެކުރަން އުޅެފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން އެތެރެކުރަން އުޅެނިކޮށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބަޔަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުންކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑުމަގުން ރާއްޖެ އެެތެެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު މިސަރުކާރުން އަންނަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު"ގެ ތެރެއިން މިހާތަނަށް 190 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށް، އޭގެ ތެރެއިން 34 މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް ވަނީ ފޮނުވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް