ނިލަންދޫގައި މެޑިކަލް ކޭމްޕެއް ހިންގައިފި

ފ. ނިލަންދޫގައި މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕް ބާއްވާފައިވަނީ ދިވެހިރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައި ކޮމިޝަނާއި ޞިއްޙީ ވުޒާރާއާ ގުޅިގެންނެވެ.

މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މި ޑިސެންބަރު މަހުގެ 22 އިން 24 އަށެވެ. ޞިއްޙީ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ކޭމްޕުގައި ކާޑިއޮލޮޖީ، ސައިކިއޭޓްރީ، ޑަރމަޓޮލޮޖީ، އަދި ސާޖިކަލް ސްޕެޝަލިޓީސް ވަނީ ބައިވެރިވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް