މުދާ ކްލިއާ ކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމަށް ކަސްޓަމްސްއިންދޭ ޚިދުމަތްތައް، 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ މިކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާފައެވެ.

މިކަންބޮޑުވުމާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ، ކްލިއަރެންސްގެ މަސައްކަތް މިހާރު އޮންނަނީ 18 ގަޑިއިރަށްކަމަށެވެ. ނަމަވެސް ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުމަށްބަލައި މިކަން 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށެވެ.

ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ވައިގެމަގުން އަންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ހުރިހައި ޚިދުމަތްތައް، 24 ގަޑިއިރަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނޫނަސް ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކައް ހައްލު ގެނެސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޑެމަރޭޖް ނާރާގޮތައް ފްރީކޮށް އޮންނަ 80 ގަޑިއިރުވެސް 124 ގަޑިއިރަށް ބަދަލުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ޑެމަރޭޓް ދައްކަންޖެހޭ ވަގުތު ކުރިން އޮންނަނީ 80 ގަޑިއިރަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އެތައް ބަޔަކު ވަރަށް ބޮޑަށް ޑެމަރޭޖްއެއް ދައްކަންޖޭތީ އެ ކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ވިޔަފާރިވެރިންނަށް ރައީސް ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް