ޝަހީމް ވިދާޅުވީ މިގޮތަށް ތަކެތި ބެހެއްޓުމަކީ ރަސޫލާ އާއި އަސްހާބުން އަދި ހެޔޮކަން ބޮޑުވެގެންވާ ތިން ގަރުނުގައި ވެސް ކަން ކޮށްފައިވާ ގޮތް ނޫން ކަމަށެވެ.
ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ހިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުން ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ ކަމަށާއި އެ ގޮތަކީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.





