ސަފާރީއެއްގައި ރޯވެ އަނދަނީ؛ ސަފާރީގައި ތިބި 25 މީހަކު ސަލާމަތްކޮށްފި

ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް  "ޔަސާވާ ޕްރިންސެސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާއިރު އޭގައި ތިބި 25 މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، އެ ސަފާރީގައި ރޯވެފައިވާކަމުގެ މައުލޫމާތު ލިބުނީ، މިއަދު ހަވީރު 5:54 އެހާކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް އެ އަތޮޅު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި އަށް ފަޅުވެރިންނެވެ. އެއީ:

  • 5 ފިރިހެން އަދި 12 އަންހެން ފަތުރުވެރިން
  • 3 ދިވެހި ފަޅުވެރިންނާއި 5 ބަންގްލަދޭޝް އަދި ޖަރުމަނުގެ 1 ފިރިހެން ފަޅުވެރިއެއް

ސަފާރީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުންދާއިރު، ފުލުހުންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް