ކޮޅުފުށީގައި ޤާއިމްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމަށް ފެނަކައަށް
މ. ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގައެވެ. އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މިއީ 11.4 މިލިއަން ރުފިޔާއަށް، 20 ހަފުތާގެ ތެރޭގައި ނިންމަން ފެނަކައާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް