އާ ޓާމިނަލުން 5 ލައްކަ ފަސިންޖަރުންނަށް ހިދުމަތް ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓުގެ އާ ޓާމިނަލުން ޖުމުލަ 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ.

އެއީ ރާއްޖެއިން ބޭރަށް ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އައި 255،668 ފަސިންޖަރުންނެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައި ހުޅުވި އާ ޓާމިނަލަށް މިހައިތަނަށް 38 އެއާލައިނެއްގެ އޮޕަރޭޝަން ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް