އާ އަހަރު ފާހަގަކުރަން ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް

އާ އަހަރާ ދިމާކޮށް "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް 2025"ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ޓޫރިޒަމް މިނިސްޓްރީ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މިމަހުގެ 30 އިން ޖެނުއަރީ 1އަށެވެ.

މި ފެސްޓިވަލުގެ ތެރެއިން އާ އަހަރާ ގުޅުވައިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަަރުވެސް ޑްރޯން ޝޯވއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް މި ފެސްޓިވަލްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލުގައި ފުޑް ސްޓޯލްތަކެއްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ފެސްޓިވަލަކީ، ދިވެހީންނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ބައިވެރިވެވޭނެ، ހުރިހާ ޢުމުރުފުރައަކާ ގުޅޭ، މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވޭނެ ފެސްޓިވަލެއް ކަމަށް ވިސިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

މި ހަރަކާތް ރޭވުމާއި އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވީއެމްސީ، އެޗްޑީސީ އަދި އެމްއޯޓީއީން ވަނީ، ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025ގެ ޤައުމީ ހަރަކާތުގައި އެ ފަރާތްތަކާއެކު ޕާޓްނަރޝިޕް ޤާއިމްކޮށް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް