ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، (ވީއައިއޭގެ ޓާމިނަލް 1 އިން ޔޫއޭއީގެ ގައުމީ އެއް އެއަރލައިން, އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އެމިރޭޓްސް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައިވެއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ.
ޓާމިނަލް 1 އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއަރލައިނުން ފުރި 310 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެމިރޭޓްސްގެ ފުރަތަމަ ފްލައިޓް, އިން ރާއްޖެ އައި 298 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.