ސިފްކޯގެ ފަރިތަކުރުމަކަށް ފޭސް 3 ގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިގޮތުން އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 3ގައި ކަމަށާއި، ހަވާ އަރުވާނީ މިއަދު 20:00 އާއި 20:30 އާ ދެމެދު  ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިއީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ ހަވާ އެރުވުމުގެ ފަރިތަކުރުމުގެ ހަރަކާތެއް ކަމަށެވެ.

އެގޮތުން މިރޭގެ ހަވާ އެރުވުމުގެ ފަރިތަކުރުން ކުރިއަށްދާނީ ހަތަރު މިނެޓަށް ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް