ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެނީ
ހުޅުމާލޭ ދެ ފިޔަވަހިން ވެސް ދޫކޮށްފައިވާ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދޭނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ 10 ބުރިއަށް އިމާރާތް ކުރާނަމަ އެފަދަ ކޮންމެ އިމާރާތުގެ އެންމެ ތިރީ ފްލޯ ހާއްސަކުރަންޖެހޭނީ ޕާކިންއަށް ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަލް ބޭނުމަށް ހުންނަން ވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ 2 ފިޔަވަހީގައި ގިނަ ގިނަ ގޯތިތަކެއް ދޫކޮށްފައިވާކަމަށެވެ. އެގޮތުން އިމާރާތްކުރެވޭނެ އުސްމިނަކީ ދެ ފިޔަވަހީގައިވެސް އޮންނަނީ އެއް އުސްމިނަކަށްކަމަށެވެ. ރައީސް ވިދާޅުވީ އިމާރާތްކުރެވޭ އުސްމިނަކީ އެތަނުގެ ޕްލޭންއާއި ގުޅިފައިވާކަމެއްކަމަށެވެ.

އެގޮތުން ތަނެއް އާބާދުވެގެންދާއިރު އެތަނެއްގެ ލޭންޑު ޔޫސް ޕްލޭންއަށް ގެންނަ ބަދަލަކުން ނުވަތަ ސަރުކާރުގެ ސިޔާސަތައް އަންނަ ބަދަލަކުން އެތަނެއްގެ އިންފްރާސްރަކްޗަރއަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނަންޖެހޭނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހުރިހާ ކަމެއް ހިމެނޭގޮތައް ސަރުކާރުން ކުރަން ޖެހޭ އިންވެސްޓުމަންޓު ހިމެނޭގޮތައް މި ދެފިޔަވަހިން ދޫކޮށްފައިވާ ގޯތި އިމާރާތްކުރުން ވައުދުވެފައިވާ ގޮތައް 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ބަދަލުކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ ޕާކިންއަގކީ ބޮޑުވެފައިވާ މައްސަލައަކަށްވާއިރު 10 ބުރިއަށް އިމާރާތްކުރާނަމަ ގްރައުންޑް ފްލޯރއަކީ ޕާކިންގ ޒޯނެއްގެ ގޮތުގައި ހެދުން މަޖުބޫރުވާނެކަމަށެވެ. އަދި އެއް ފްލޯރއަކީ ނޮން ރެސިޑެންޝަލްއަށް ބޭނުންކުރުމަށް މަޖުބޫރު ކުރާނެކަމަށް ވިދާޅުވިއެވެ. އެއީ ކޮމާރޝަލްއަށްވިއަސް ދިރިއުޅުން ނޫން ކޮންމެ އެހެން މަސައްކަތެއް ނުވަތަ އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެއް ފްލޫ ކަނޑައަޅަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"2 ފުލޯރ ގޭގައި ދިރިއުޅުމަށް ނޫނީ އެހެން ފަރާތަކަށް ކުއްޔައް ދެވިދާނެ. 4 ފްލޯރ ލިބޭއިރުގައި އޭގެ ތެރެއިން ގްރައުންޑް ފްލޯރ ކަނޑައަޅަން ޖެހޭނީ އޭގެގެ ބޭނުމަށް ޕާކިންއަށް ދެން އިތުރު އެއްފްލޯ އާމްދަނީ ހޯދުމަށް ދެން ދެ ފްލޯރ ރެސިޑެންޝަލް ބޭނުމަށް ބޭނުން ކުރެވިދާނެ. 10 ބުރިއަށް ނެގޭ ގޮތައް ޤަވައިދައް ބަދަލުގެނެސް ދެ ފޭސްގޭ ފަރާއްތަކަށް އެކަން ކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް